ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބާއްވާ “ފަތުރުވެރިކަމުގެ ސިނާޢަތަށް ދަރިވަރުން އަހްލުވެރިކުރުވުމުގެ ދަތުރު”،

27 ސެޕްޓެމްބަރު 2017 ން ފެށިގެން ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސްކޫލްތަކުގެ ގްރޭޑް 8، 9 އަދި 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޓޫރިޒަމްއާއި، ޓޫރިޒަމް އިންޑަސްޓްރީ އާއި، މިނިސްޓްރީ އޮފް އެޑިޔްކޭޝަން އާއި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނާއި އަދި ސްކޫލް ތަށް ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ދަރިވަރުން ޝައުގުވެރިކުރުމަށާއި އަޙްލުވެރިކުރުމަށްޓަކައި އެތަންތަނަށް ސްކޫލް ދަރިވަރުން ޒިޔާރަތްކޮށް، މި ތަންތަން މެނޭޖް ކުރެވެމުންދާ ގޮތާއި އަދި މިތަންތަނުން ފަތުރުވެރިންނަށް ޚިދްމަތްފޯރުކޮށް ދިނުމަށް ހިންގާ ގިނަގުނަ މަސައްކަތްތައް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރު 2017 ވާ ހޮނިހިރު ދުވަހުއެވެ. މި ދަތުރުގައި ރާއްޖޭގެ 16 އަތޮޅަކުން 42 ސްކޫލެއްގެ 415 ދަރިވަރުންނާއި 130 ޓީޗަރުނާއި 77 ބެލެނިވެރިންނަށް، 41 ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުންވަނީ ފުރުސަތު ދެއްވާފައެވެ.

މި ޕްރޮގްރާމުގެ މަޤްސަދަކީ ދަރިވަރުންނަށް ފަތުރުވެރިކަމުގެ ޙިދުމަތްދޭ ތަންތަނުގެ މަޢުލޫމާތު ފޯރުކޮށްދީ އެތަންތަނުގެ އެކި ޑިޕާޓްމެންޓްތަކަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް ދަރިވަރުންނަށް އަންގައިދީ ފަތުރުވެރި ކަމުގެ ސިނާޢަތުގެ ވަޒީފާތަކަށް ޝައުގުވެރިކުރުވުމެވެ. މިދަތުރުގެ ސަބަބުން ދަރިވަރުންނަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މައުލޫމާތާއި ވަޒީފާގެ ފުރުސަތުތަކާއި، ސީ. އެސް. އާރް އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޢުއުލޫމާތު ދެވޭނެއެވެ.

މި ޕްރޮގްރާމަކީ ކޮންމެ އަހަރަކު ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އިން ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނާއި ގުޅިގެން ކާމިޔާބު ކަމާއިއެކު ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ ސްކޫލްތަކުގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުންދާ ޕްރޮގްރާމެކެވެ.

.ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ޔުނައިޓެޑް ނޭޝަންސް ވާރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫން.އެން.ޑަބްލިއު.ޓީ.އޯ) އިން މިއަހަރަށް ކަނޑައަޅުއްވާފައިވާ ޝިއާރަކީ “ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްޤީއަށް ވަސީލަތެއް” މިއެވެ.

މިނިސްޓްރީ އޮފް ޓޫޫރިޒަމް