ސަރުކާރު ހިއްސާވެގެން ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން

ދިވެހި ސަރުކާރާ  ހިއްސާވެގެން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަން ހާމަކޮށް މިމިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް 24 ފެބްރުއަރީ 2014ގައި ކުރެވުނު އިޢުލާނާއި ގުޅިގެން، ދިވެހި ސަރުކާރާ ހިއްސާވެގެން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް އެދި 46 ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި މިހުށަހެޅުންތައް ބަލާ މިންކުރުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. ދިވެހި ސަރުކާރާއި ހިއްސާވެގެން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފަހުގެ ތާރީހެއްގައި އާންމު ކުރެވޭނެއެވެ.

މިނިސްޓްރީ އޮފް ޓޫޫރިޒަމް