ސްކިލްސް ޓްރެއިނިންގ އެންޑް އެމްޕްލޮއިމެންޓް ޕްރޮގްރާމްގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު

ސްކިލްސް ޓްރެއިނިންގ އެންޑް އެމްޕްލޮއިމެންޓް ޕްރޮގްރާމް (ސްޓެޕް) ގެ 2013ވަނަ އަހަރު ބައިވެރިވި 22 ދަރިވަރަކަށް ވަނީ 2 ޖޫން 2014 ވީ ހޯމަ ދުވަހު ނަސަންދުރާ ޕެލެސް ހޮޓެލުގައި ސެޓްފިކެޓް ޙަވާލުކޮށްދީފައެވެ.މި ރަސްމިއްޔާތު ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެރިވަޑައިގެންނެވީ ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ. ސްޓެޕް ޕްރޮގަރާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއި އަދި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން މިދިޔަ އަހަރު މޭ މަހުތެރޭގައި ފެށި ޕްރޮގްރާމެކެވެ

2014 ވަނަ އަހަރުގެ ސްޓެޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލެވިފައެވެ.މި ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ތާރީޙަކީ 05 ޖޫން 2014 ގައެވެ.

މިނިސްޓްރީ އޮފް ޓޫޫރިޒަމް