އިންކްރީސިންގ ކްލައިމެޓް ޗޭންޖް ރިސީލިއަންސް އޮފް މޯލްޑިވްސް ތްރޫ އެޑެޕްޓޭޝަން އިން ދަ ޓޫރިޒަމް ސެކްޓަރ- TAP –

ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ އެހީތެރިކަމާއިއެކު މިމިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށް ގެންދާ “އިންކްރީސިންގ ކްލައިމެޓް ޗޭންޖް ރިސީލިއަންސް އޮފް މޯލްޑިވްސް ތްރޫ އެޑެޕްޓޭޝަން އިން ދަ ޓޫރިޒަމް ސެކްޓަރ– TAP –” ޕްރޮޖެކްޓަށް މުއައްޒަފަކު ބޭނުންވެގެން ކުރި ނަންބަރު (IUL)88-IIHR/1/2014/11 އިޢުލާން ބާތިލްކޮށް، ތިރީގައި މިދަންނަވާ މަޤާމްތަކަށް ބޭފުޅުން ހޯދަން ބޭނުންވެއެވެ.

  1. ޕްރޮޖެކްޓް އެސިސްޓަންޓް
  2. ކޮމިއުނިކޭޝަން އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް އޮފިސަރ

މިމަޤާމަށް ހޮވޭ ފަރާތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފުލްޓައިމް މުއައްޒަފެއްގެ ގޮތުގައި 1 އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމަށް މީހުން ހޮވުމުގައި މިފަދަ މަސައްކަތް ކޮށް ތަޖްރިބާ ލިބިފައިވާ ބޭފުޅުންނަށް އިސްކަން ދެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިމަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިޕްރޮޖެކްޓާއި ބެހޭ މަޢުލޫމާތާއި، މަޤާމުގެ މަސްޢޫލިއްޔަތު އަދި ޝަރުތުތައް ހިމެނޭ ޓީ.އޯ.އާރް މިނިސްޓްރީގެ ވެބްސައިޓްއިން ނުވަތަ މި އޮފީހަށް ދުރުވެ ސާފުކުރެއްވުމަށްފަހު، 9 ޖުލައި 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި އެކު ވަނަވަރު މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް ޓޫރިޒަމް

ހ. ވެލާނާގެ ،5ވަނަ ފަންގިފިލާ

އަމީރުއަހުމަދުމަގު،މާލެ،ދިވެހިރާއްޖެ

ޓެލެފޯން: 3224 332332،ފެކްސް 2512 332

-މެއިލް:tap@www.tourism.gov.mv

ވެބްސައިޓް:www.tourism.gov.mv


[file_list]

މިނިސްޓްރީ އޮފް ޓޫޫރިޒަމް