ނ. މާފަރުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއީ) ހުށަހެޅިފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތުދީފީ

ނ. މާފަރުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމާއި އެމަސައްކަތް ކުރާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ  ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދުމަށްޓަކައި އެކްސްޕްރެސަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް ވަނީ 30 ސެޕްޓެމްބަރ 2013 ވީ ހޯމަ ދަވަހު ހުޅުވާލެވިފައެވެ. އަދި މިމަޝްރޫޢުކުރިއަށް ގެންދިޔުމަށް ޝަޢުޤްވެރިކަން ފާޅުކޮށް 6 ފަރާތަކުން ވަނީއެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅުއްވާފައެވެ.

ނ. މާފަރުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމާއި މިމަޝްރޫއުއާއި ގުޅިގެން ތަރައްޤީކުރުމަށް ހަވާލުކުރެވޭ ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވެ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅުއްވާފައިވާ ފަރާތްކަށް 6 ނޮވެމްބަރ 2013ވާ ބުރާސްފަތި ދުވަހުގެ 1330ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަނީ މިމިނިސްޓްރީއިން ހުޅުވާލާފައެވެ.

މިނިސްޓްރީ އޮފް ޓޫޫރިޒަމް