ދ. ކުޑަހުވަދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއީ) ހުށަހެޅިފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތުދީފީ

ދ. ކުޑަހުވަދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމާއި އެމަސައްކަތް ކުރާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ  ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދުމަށްޓަކައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ވަނީ 7 އޮގަސްޓް 2013 ވީ ބުރާސްފަތި ދަވަހު ހުޅުވާލެވިފައެވެ. އަދި މިމަޝްރޫޢުކުރިއަށް ގެންދިޔުމަށް ޝަޢުޤްވެރިކަން ފާޅުކޮށް 2 ފަރާތަކުން ވަނީއެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅުއްވާފައެވެ.

ދ. ކުޑަހުވަދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމާއި މިމަޝްރޫއުއާއި ގުޅިގެން ތަރައްޤީކުރުމަށް ހަވާލުކުރެވޭ ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވެ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅުއްވާފައިވާ ފަރާތްކަށް 6 ނޮވެމްބަރ 2013ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަނީ މިމިނިސްޓްރީއިން ހުޅުވާލާފައެވެ.

މިނިސްޓްރީ އޮފް ޓޫޫރިޒަމް