މީޑިޔާ

އިއުލާން

shape
shape
shape
shape
shape
shape
image
image

ތިލަދުންމަތީ އުތުރުބުރީ (ހއ) ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުން

ތިލަދުންމަތީ އުތުރުބުރީ (ހއ) ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 864،414 (އައްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރު ސަތޭކަ ސާދަ) އަކަފޫޓުގެ ބިމާ އަދި އެބިމާގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި  ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިމިނިސްޓްރީއިންވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 17 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހު 10:00 އަށް މި މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 25 ނޮވެންބަރު ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރެއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv)  އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 22 ނޮވެންބަރު  2020 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު   މިނިސްޓްރީ އޮފް ޓޫރިޒަމް (ވޭލާނާގެ. 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުންނެވެ.

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 15 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟