މީޑިޔާ

ސަރކިއުލަރ

shape
shape
shape
shape
shape
shape
image
image

ހޮޓެލް އަދި ގެސްޓްހައުސްތައް އަލުން ހުޅުވުމުގައި އަމަލުކުރަމުންއައި އުސޫލަށް ބަދަލުގެނައުން

ނަންބަރު:           88-PS/CIR/2020/86  

ތާރީޚް:      8 ޑިސެމްބަރ 2020

ލިބެންވީ ފަރާތް: ރަށު ކައުންސިލްތަކުގެ އިދާރާތައް

ކޮޕީ:       ލޯކަލް ގަވަރންމަންޓް އޮތޯރިޓީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ސުރުޚީ:      ހޮޓެލް އަދި ގެސްޓްހައުސްތައް އަލުން ހުޅުވުމުގައި އަމަލުކުރަމުންއައި އުސޫލަށް ބަދަލުގެނައުން

 
 

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެގޮތުން ރާއްޖޭގެ ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު، އަލުން ގެސްޓްހައުސްތައް ހުޅުވުމަށް ނިންމައި އާންމު ރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގައި މިމިނިސްޓްރީއިން އަމަލުކުރަމުންއައި އުސޫލަށް، ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނަ އައުމަށް ރިއާޔަތްކުރުމަށްފަހު މިއުސޫލަށް ލުއިދިނުމުގެ ގޮތުން 2020 ޑިސެމްބަރ 15 ވަނަ ދުވަހުން ފެށިގެން އަންނަނިވި ބަދަލު ގެނެވޭނެކަމުގައި ދަންނަވަމެވެ.

  1. މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން، ފަތުރުވެރިކަމަށް ރަށް ހުޅުވާލުމާއިމެދު ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތްކަމަށް މިމިނިސްޓްރީއަށް ހުށަހަޅަން ނުޖެހޭނެކަމަށް ކަނޑައެޅުން.

މަތީގައިވާގޮތަށް މިމިނިސްޓްރީއިން އަމަލުކުރަމުންއައި އުސޫލަށް ބަދަލުގެނެވުނު ކަމުގައިވީނަމަވެސް، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެގޮތުން މިފަދަ ތަންތަނުގައި އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އެކުލަވާލައި އާންމުކުރައްވާފައިވާ ގައިޑްލައިން "ޕަބްލިކް ހެލްތް އިންޓަވެންޝަންސް ޓު ރިޑިއުސް ދި ރިސްކް އޮފް ޓްރާންސްމިޝަން އޮފް ކޮވިޑް-19 އިން ދި ޓޫރިޒަމް ސެކްޓަރ" ގައި ބަޔާންކުރައްވާފައިވާ ފަދައިން ރަށެއް ހުޅުވާލުމުގެކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވާކަން ކައުންސިލްތަކާއި އަދި ގުޅުންހުރި އެހެން އިދާރާތަކާއިއެކު މިމިނިސްޓްރީއިން ބަލަމުން ގެންދާނަމެވެ.

މިގައިޑްލައިންގައި ފާހަގަކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާކަން ބަޔާންކޮށް މިމިނިސްޓްރީއަށް ހުށައަޅަމަށް އާ ފޯމެއް ކައުންސިލްތަކަށް ފޮނުވާނެ ވާހަކަ ދަންނަވަމެވެ. އަދި، 15 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް ގެސްޓްހައުސްތައް ހުޅުވުމަށް މިގޮތުގެމަތިން އަމަލުކުރަމުން ގެންދިއުމަށް ލޯކަލް ކައުންސިލްތަކަށް ދަންނަވަމެވެ.

ޚާދިމުކުމް

ޢަލީ ރައްޒާން

ސީނިއަރ އެގްޒެކެޓިވ ޑިރެކްޓަރ

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟