ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުޅުމާލެއިން3 (ތިނެއް) ޓޫރިސްޓު ގެސްޓްހައުސް/ހޮޓާ ކަނޑައެޅުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން
ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ހުޅުމާލެއިން ވަކި ޙާއްސަ 3 (ތިނެއް)ޓޫރިސްޓު ގެސްޓުހައުސް/ހޮޓާ ކަނޑައެޅުމަށް މިމިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ކޮވިޑް-19 އަށް ފައްސިވާ އަދި ކޮންޓްރެކްޓް ޓްރޭސިންގގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ މުވައްޒިފުން މި 3 (ތިނެއް) ގެސްޓުހައުސް/ހޮޓަލުގައިއައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށްވަނީ ނިންމާފައެވެ.
ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ގެސްޓުހައުސް/ހޮޓާތަކުގައި ހުންނަން ޖެހޭ ޝަރުތުތައް:
- މަދުވެގެން 15 (ފަނަރަ)ކޮޓަރި ހުރި 03 (ތިނެއް) ތަން.
- ހުޅުމާލޭގައި ހުރި ތަނެއް ކަމުގައިވުން.
- 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މި 3 (ތިނެއް) ގެސްޓުހައުސް/ހޮޓާ ލިބުން.
- މިތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް އެ ތަނަކުން ހަމަޖެހެން ހުރުން.
- ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ (އެޗް.ޕީ.އޭ) ގެ އެންމެހައި ޤަވާއިދުތަކަށް ފެތޭ ފަދަ ތަނަކަށްވުން.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:00ގައިވަރޗުއަލްކޮށް(ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ،30 ނޮވެމްބަރު 2020 ވާހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޝައުޤުވެރިކަން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 19 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދިނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރެއްވުން އެދެމެވެ.
ޝައުޤުވެރިކަން ހާމަކޮށް ހުށަހަޅާ ކަރުދާހާއެކު ހިމަނަންޖެހޭ މައުލޫމާތު
- ޝައުޤުވެރިކަން ހާމަކުރުމަށް ހުށަހަޅާ ސިޓީ. (މި ސިޓީގައި ޝައުޤުވެރިކަން ހާމަކުރާ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތުގެ މައުލޫމާތު ހިމަނަންވާނެއެވެ.)
- ޝައުގުވެރިކަން ހުށަހަޅާ ވިޔަފާރި ނުވަތަ ފަރުދުގެ މައުލޫމާތު (ރަޖިސްޓްރީ، އައިޑީކާޑު ނުވަތަ ޕާސްޕޯރޓް ކޮޕީ، އަދި ލިބިފައިވާ ތަޖުރިބާއާއި ޤާބިލިއްޔަތުކަން ހާމަކޮށްދޭ ލިޔުން ހިމަނަންވާނެއެވެ.)
ޝައުޤުވެރިކަން ހުށަހަޅަންޖެހޭ ތާރީޚު:
ޝައުޤުވެރިކަން ހުށަހަޅަންވާނީ 30 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިންނެވެ.އަދި އެގަޑިއަށް ފަހު ހުށަހެޅޭ އެއްވެސް ލިޔުމެއް ބަލައެއް ނުގަނެވޭނެ ވާހަކަ ދެންނެނެވީމެވެ.
ޝައުޤުވެރިކަން ހުށަހެޅުން:
ޝައުޤުވެރިކަން ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި ތިރީގައިވަ ފަދައިން ލިޔެފައި އޮންނަންވާނެއެވެ.
“EOI FOR MANAGING AND OPERATING 03 TOURIST GUESTHOUSE/HOTEL FOR THE PURPOSE OF QUARANTINE AND ISOLATION IN HULHUMALE’”
ޝައުޤުވެރިކަން ހުށަހަޅާނީ:
މިނިސްޓްރީ އޮފް ޓޫރިޒަމް
5 ވަނަ ފަންގިފިލާ، ހ. ވެލާނާގެ،
މާލެ'، ދިވެހިރާއްޖެ
ފޯނު ނަންބަރު:+ 960 3022200, + 960 3022266, ފެކްސް ނަންބަރު: 3322512 960+
އީމެއިލް: [email protected]
ހުށަހެޅުންތައް ބަލާ ފާސްކުރުން
- ޝައުގުވެރިކަން ހުށަހަޅާފަރާތްތަކުން ހުށަހަޅާ ހުށަހެޅުމުގައި ހިމަނާފައިވާ މައުލޫމާތު މިމިނިސްޓްރީ ބަލާ މިންކުރެވޭނެއެވެ. މިމިންކުރުމަށްފަހު، އޭގެތެރެއިން ހޮވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.
މި އިޢުލާނާއި ގުޅޭއިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ29ނޮވެންބަރު2020އާދިއްތަދުވަހުގެ13:00ގެ ކުރިން މިމިނިސްޓްރީގެ ނަންބަރު (+960) 302 2207 އަށްގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.