ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެއްސުމަށް ރިޒޯޓެއް ކަނޑައެޅުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ކުރެވުނު އިޢުލާނަށް 1 (އެކެއް) ވަނަ އިސްލާހު ގެނައުން
މިމިނިސްޓްރީގެ ނަންބަރު (IUL)88-PS/88/2020/59 (01 ނޮވެންބަރު 2020) އިޢުލާނުގައި ބަޔާންކޮށްފައިވާ، ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ރިޒޯޓެއްގައި ހުންނަން ޖެހޭ ޝަރުތުކުގެ 2 (ދޭއް) ވަނަ ނުކުތާ އަންނަނިވި ގޮތަށް އިސްލާހުކޮށް އާޢްމުކޮށް އިޢުލާން ކުރަމެވެ.
- މާލެ އަތޮޅު (ކ)، އަރިއަތޮޅު އުތުރުބުރި (އއ)، އަރިއަތޮޅު ދެކުނުބުރި (އދ)، ފެލިދިއަތޮޅު (ވ)، ފާދިއްޕޮޅު (ޅ) ނުވަތަ މާޅޮސްމަޑުލު ދެކުނުބުރި (ބ) ރިޒޯޓެއް ކަމުގައިވުން.