މީޑިޔާ

ޚަބަރު

shape
shape
shape
shape
shape
shape
image
image

ސީއެން.އެން. ގެ 'ކްއެސްޓް މީންސް ބިޒްނަސް' ޕްރޮގްރާމަށް މިނިސްޓަރ މަޢުސޫމް އިންޓަރވިއުއެއް ދެއްވައިފި

ރާއްޖެއަކީ މުސްތަޤުބަލުގައި ފަތުރުވެރިން ދިގު މުއްދަތުގައި ޗުއްޓީ ހޭދަކުރާ ޤައުމަކަށްވެގެންދާނޭކަމަށާއި، މިހާރުވެސް ރާއްޖޭގައި މިފަދަ ފަތުރުވެރިން ތިބިކަމަށް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުސޫމް ސީއެން.އެން. ގެ 'ކްއެސްޓް މީންސް ބިޒްނަސް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ރިއަލް އެސްޓޭޓް ޓޫރިޒަމް ތަޢާރަފުވެ، ރެޒިޑެންސީ ވިސާއަށް މަގުފަހިވެގެން ދިއުމުން ރާއްޖެއަކީ ދިގުމުއްދަތުގައި ފަތުރުވެރިން އައިސް ޗުއްޓީ ހޭދަކުރާ ތަނަކަށްވެގެންދާނޭކަމަށް މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ. މިނިސްޓަރ މަޢުސޫމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް 15 ޖުލައި 2020 ގައި ހުޅުވާލުމަށްފަހު ދުވަހެއް ދުވަހަކަށްދަނީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުދަނީ އިތުރުވަމުން ކަމަށާއި މުސްތަޤުބަލު ފެންނަނީ އުޖާލާކޮށް ފަހިކޮށްކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މިނިސްޓްރީއާއި އެމް.އެމްޕީ.އާރ.ސީ. އިން ގުޅިގެން ތަފާތު މަސައްކަތްތައްދަނީ ކުރެވެމުންނެވެ.
https://www.youtube.com/watch?v=8i4bLCoI9Kw&t

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟