މީޑިޔާ

ޚަބަރު

shape
shape
shape
shape
shape
shape
image
image

'އިންޓަރންޝިޕް ޕްރޮގްރާމްގެ މަޤުޞަދަކީ ބައިވެރިންނަށް ކޮލެޖް އަދި ޔުނިވަރސިޓީތަކުގައި ކިޔެވުމަށް މަގުފަހިވެގެން ދިއުން' – މިނިސްޓަރ

10 އޮގަސްޓް 2020 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ހުޅުވާލި އިންޓާރންޝިޕް ޕްރޮގްރާމްގެ ބައިވެރިން އިންޓަރންޝިޕްގެ ފުރަތަމަ ފިޔަވަހީގައިވާ ގޮތަށް މިނިސްޓްރީގެ ހުރިހާ ޑިޕާރޓްމަންޓެއްގައި 6 ހަފްތާ މަސައްކަތްކުރުމަށްފަހު އެފަރާތްތަކުގެ 'ޖޮބް ރޮޓޭޝަން' މަރުހަލާ ފުރިހަމަކޮށް މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ތެރެއިން ކޮންމެ ބައިވެރިއަކުވެސް ޝައުޤުވެރިވާ ޑިޕާރޓްމަންޓެއްގައި މިހާރުދަނީ މަސައްކަތްކުރަމުންނެވެ.  

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ފުރުޞަތު ހުޅުވާލާ މިދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި ހުޅުވާލި މި އިންޓަރންޝިޕްއަކީ އެއްވެސް އުޖޫރައެއް ނުލިބޭގޮތަށް ހުޅުވާލެވުނު ފުރުޞަތެކެވެ. އިންޓަރންޝިޕްއަށް ހުޅުވާލެވުނީ ޖުމްލަ 10 ޖާގައަށް ނަމަވެސް 36 ފަރާތަކުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅިއެވެ. މި ޕްރޮގްރާމަށް ލިބުނު ތަރުޙީބުގެ ބޮޑުކަމުން މީގެ ތެރެއިން 31 ފަރާތެއް ޝޯޓްލިސްޓްކޮށް އިންޓަރވިއުކުރުމަށްފަހު 26 ފަރާތަކަށް މިނިސްޓްރީގައި އިންޓާރންޝިޕް ފުރިހަމަ ކުރުމުގެ ފުރުޞަތު ވަނީ ދެވިފައެވެ. ވަޒީފާގެ ފުރުޞަތު އެހެން ދާއިރާތަކުން ލިބުން ފަދަ ސަބަބުތަކާއި އެކު މީގެ ތެރެއިން 4 ފަރާތަކުން އިންޓަރންޝިޕް ފުރުޞަތު ދޫކޮށްލާފައިވެއެވެ. އެހެންކަމުން 22 ބައިވެރިންނާއިއެކު އިންޓަރންޝިޕްގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއިއެކު ވަނީ ނިންމާލެވިފައެވެ. ކޮންމެ އިންޓާރން އަކަށް އެހީތެރިވުމަށް މެންޓަރ އެއްގެ ގޮތުގައި މިނިސްޓްރީގެ އިސް މުވައްޒަފެއް ހަމަޖައްސާފައިވާއިރު، މިއިންޓަރންޝިޕް ކުރިއަށް ގެންދެވެނީ ހަފްތާއަކު ޖުމްލަ 10 ގަޑިއިރު މަސައްކަތް ކުރާގޮތަށެވެ.

އިންޓަރންޝިޕްގެ ފުރަތަމަ ފިޔަވަހި 25 އޮކްޓޯބަރުގައި ނިމުމާއިއެކު، މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މަޢުސޫމް ވަނީ ބައިވެރިންނާ ބައްދަލުކުރައްވާ އެފަރާތްތަކަށް މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ތަޖުރިބާގެ ސަބަބުން ބައިވެރިނަށް ވަޒީފާގެ ފުރުޞަތު ފަހިވެ، ކޮލެޖް އަދި ޔުނިވަރސިޓީގެ ޕްލޭސްމަންޓް ހޯދުމަށް މަގުފަހިވެގެންދާނޭ ކަމަށް ދެކެވަޑައިގަންނަވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟