މީޑިޔާ

ޚަބަރު

shape
shape
shape
shape
shape
shape
image
image

ވާލްޑްސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑު ފުރަތަމަ ފަހަރަށް ރާއްޖެއަށް

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.

މީގެ 27 އަހަރު ކުރިން، 1993 ގައި ދޭން ފެށި ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ. އެ ވޯޑަކީ ދުނިޔޭގެ ފަތުރުވެރި މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ އެންމެ މަގުބޫލު އެވޯޑެވެ.

މި އެވޯޑް ލިބުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، އެ އެވޯޑް ލިބުމުން ހާމަވެގެންދަނީ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު އެ މަންޒިލްކަން ކަމަށެވެ. އަދި އެފަދަ ބޮޑު ކާމިޔާބީއެއް ރާއްޖެއަށް ލިބިގެން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުންނާއި އެފަދަ އުދަނގޫ ދަނޑިވަޅެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކާއި އެމްއެމްޕީއާރުސީއާ ގުޅިގެން ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ގެންދަން ކުރި މަސައްކަތުންކަން ފާހަގަކުރެއްވި އެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟