މީޑިޔާ

ޚަބަރު

shape
shape
shape
shape
shape
shape
image
image

ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފި.

ރާއްޖެއަށް  ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ މިދަނޑިވަޅުގައި ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް  ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެގޮތުން ޓޫރިސްޓް ޚިދުމަތް ދޭ ތަންތަނުގައި ޤާއިމުކޮށްފައިވާ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ އެކްޝަން ޕްލޭންތައް ބޭނުންޖެހިއްޖެ ޙާލަތެއްގައި ތަންފީޒު ކުރެވޭނެކަން ކަށަވަރުކުރުމާއި އަދި ޚާއްސަކޮށް ފަތުރުވެރިންނާއި މުވައްޒަފުން  މޫދުގައި އުޅޭ އުޅުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށް ޓޫރިޒަމް މިނިސްޓްރީއިން މިއަދުވަނީ ހުރިހާ ޓޫރިސްޓް ޚިދުމަތްދޭ ތަންތަނަށް ސަރކިއުލަރއެއް ފޮނުވާފައެވެ.

އަދި އެހެންމެ ކޮވިޑް 19 އާއި ގުޅިގެން އެޗް.ޕީ.އޭ އާއި ޓޫރިޒަމް މިނިސްޓްރީން އެކަށައަޅާފައިވާ ޕްރޮޓޮކޯލް ތަކާއި ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ޚާއްސަ އަޙައްމިއްޔަތުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދި ތަފާތު ގޮންޖެހުންތަކާއި އެކުވެސް ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއަރުވާ އާރޯކުރުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތަށާއި ދެއްވާ އެއްބާރުލުމަށް މިނިސްޓްރީގެ ފަރާތުން ފޮނުވި ސާރކިއުލަރގައި ޝުކުރު އަދާކޮށްފައިވެއެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟