މީޑިޔާ

ނޫސްބަޔާން

shape
shape
shape
shape
shape
shape
image
image

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް 'ސްޕްލިޓް ސްޓޭ' ހުއްދަ ދިނުމާއި ގުޅޭ ނޫސްބަޔާން

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މަގުފަހިކޮށްދިނުމަށާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) ގައި މަޝްވަރާ ކުރެވި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާއި މިނިސްޓްރީ އޮފް ޓޫރިޒަމްއިން 'ސްޕްލިޓް ސްޓޭ' ހުއްދަ ދިނުމަށް ނިންމައިފިއެވެ.

 

'ސްޕްލިޓް ސްޓޭ' ހުއްދަދިނުމަށް ހަމަޖެހިފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ.) އިން ކަނޑައަޅާފައިވާ 'ސްޕްލިޓް ސްޓޭ' ގައިޑްލައިނަށް ފެތޭ ރިޒޯޓުތަކުން އެޗް.ޕީ.އޭ ގެ ޝަރުތުތައް ފުރިހަމަކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ހުށަހެޅުމުންނެވެ. އަދި މިހުއްދައަށް އެދި ފަތުރުވެރިޔާ ދަތުރުކުރުމަށް ހަމަޖެހިފައިވާ ތާރީޚްގެ ދެ ދުވަސްކުރިން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ހުށަހަޅަންޖެހޭނެއެވެ. 

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟