މީޑިޔާ

ނޫސްބަޔާން

shape
shape
shape
shape
shape
shape
image
image

ސައުތު ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް2024

ރާއްޖޭގެ ދެކުނުގައި ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްޤީކުރުމަށް މަސައްކަތްކުރުމުގެ ގޮތުން މި ވުޒާރާއިން 12 އޮގަސްޓް 2024 ވާ ހޯމަ ދުވަހު "ސައުތު ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް2024 " ގެ ނަމުގައި މަހާސިންތާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހާސިންތާގެ މަޤްޞަދަކީ އައްޑޫ ސިޓީ، ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށް ބައިނަލްއަޤްވާމީ ކަނެކްޓިވިޓީއަށް އަހައްމިއްޔަތުކަން ދީގެން އެ ސަރަހައްދަށް ފަތުރުވެރިން އަންނަ މިންވަރު އިތުރު ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއި ތަޖުރިބާކާރުންނާއި  މަޝްވަރާކުރުމެވެ. އެގޮތުން، މި މަހާސިންތާގެ ތެރެއިން ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭނެ ކަންތައްތައް ފާހަގަކޮށް، މި ކަންތައްތައް ތަންފީޛުކުރުމުގެ ގޮތުން ސަރުކާރުން ކުރު އަދި މެދު ރާސްތާގެ ޕްލޭނެއް އެކުލަވާލުމަށް މަގުފަހިވެގެންދާނެއެވެ.

މި މަހާސިންތާގައި ދެކުނުގެ އަތޮޅުތަކުގައި ހިންގަމުންދާ އަދި ތަރައްޤީކުރަމުންދާ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނާއި، ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއަރލައިން އޮޕަރޭޓަރުންނާއި ، ޓްރެވަލް އެޖެންސީތަކާއި، އެސޯސިއޭޝަންތަކާއި، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުންނާއި އަދި ސަރުކާރުގެ ވުޒާރާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟